Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ރަޝިއާގެ ޓޫރިސްޓުން ލައްކައަކާ ގާތްކޮށްފި

މި އަހަރު ފެށުނު ފަހުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާ އިން މި އަހަރުގެ މިހާތަނަށް އައި ޓޫޫރިސްޓުންގެ އަދަދަކު ލައްކައަކާ ގާތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 17 އާ ހަމައަށް ރަޝިއާ އިން 89،408 ޓޫރިސްޓުން އައިސްފައިވެ އެވެ

މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު މިހާރު ވަނީ 757،992 އަށް އަރައިފަ އެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 މާކެޓަށް ބަލާ އިރު ދެވަނައިގައި އޮތީ އިންޑިއާ އެވެ. މި މަހުގެ 17 އާ ހަމައަށް އެ ގައުމުން ޖުމްލަ 84،903 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 69،920 ޓޫރިސްޓުން އައިސްފައިވެ އެވެ.

ލިސްޓްގައި ދެން ހިމެނެނީ އިޓަލީ (58،906 ޓޫރިސްޓުން)، ޖަރުމަން (55،569 ޓޫރިސްޓުން)، ޗައިނާ (40،002 ޓޫރިސްޓުން)، އެމެރިކާ (31،176 ޓޫރިސްޓުން)، ފްރާންސް (28،330 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް (18،562 ޓޫރިސްޓުން) އަދި ދެކުނު ކޮރެއާ (13،811 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ.