Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ބަންޑާރަ ގޯތި ހިލޭ ދޫކުރަން މަޝްވަރާ ކުރަން ތައްޔާރު

މިނިސްޓަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބަންޑާރަ ގޯތި ދޭ އުސޫލު ބަދަލު ކުރުން ބޭނުން މަޝްވަރާ ކުރުމަށް ތައްޔާރުކަމަށް ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުންނަށް ވަޒީރާއި ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ހުޅުމާލެއިން ހިލޭ ބިން ދޫކުރުމަށް ނިންމި ނިންމުމާއި މެދު ސުވާލު ކުރައްވާފައެވެ. އެގޮތުން ދޫކުރާ ބިމުގެ ވެލިއުއެއް ނެތީތޯ މިނިސްޓަރ އަރިހުން މެންބަރު ވަނީ އައްސަވާފައެވެ.

މިމައްސަލާގައި ޖަވާބުދެއްވަމުން ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މިހާތަނަށް ބަނޑާރަ ބިން ދޫކުރަމުން އައީ ހިލޭ ކަމަށްވާއިރު އެކަން ބަދަލު ކުރުމުގެ ވިސްނުމެއް ސިޔާސީ ލީޑަރުން ނު ކަމަށެވެ. އަދި ދިވެހިން ޤަބޫލު ކުރަނީވެސް ބަންޑާރައިން ގޯތި ދޭން ޖެހޭ ކަމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ރަށްރަށުންވެސް ގޯތި ދޭ ބީދައިން މާލެއިންވެސް ހުޅުމާލެއިންވެސް އެ ގޯތި ދޭން އަސްލަމް ވިދާޅުވިއެވެ.

ކުރީއްސުރެ ތަންފީޒު ކުރަމުން އަންނަ ނިޒާމެއް މިހިނގަނީ. ނިޒާމާއި ބެހޭގޮތުން ވާހަކަ ދައްކާ އެއަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް އެއްބަސްވެވޭ ކަމަށްވަންޏާ އެކަން ކުރެވިދާނެ. އެވާހަކަ ދައްކަން އަޅުގަނޑު ތައްޔާރު

ހުޅުމާލެއިން ހިލޭ ގޯތި ދޭން ސަރުކާރުން ނިންމާފައިވާއިރު، ބޮޑު އަގުގައި ކުލިއަށް ދެވޭ ތަނެއް ހިލޭ ސާބަހަށް ވަކިބަޔަކަށް ބެހުމަކީ ބަލައި ނުގަނެވޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ދެކެނީ ބަނޑާރަ ގޯތީގެ ހައްޤަކީ މާލެ ރައްޔިތުންނަށްވެސް އޮންނަން ވާނެ ހައްޤެތް ކަމަށެވެ.