Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އީވާ އަށް އިތުބާރު ނެތް ކަމަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ ވަކިކުރަންް ހުށަހެޅީ 50 މެމްބަރުންގެ ސޮޔާ އެކީގަ އެވެ. އީވާ އަކީ މަޖިލީީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރެވެ. އޭނަ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުކުރަން ނިންމީ "ދަ ޑިމޮކްރެޓިކްސް" ގެ ނަމުގައި އާ ޕާޓީ އަށް ވެސް ހެދުމުގެ ހުއްދަ އަށް އީވާ ވެސް ހިމެނޭ ގޮތަށް އިލެކްޝަން ކޮމިޝަން (އީސީ) އަށް އާދީއްތަ ދުވަހު ހުށަހަޅާފައި ވަނިކޮށެވެ.

އީވާ އަކީ އާ ޕާޓީއެއް އުފައްދަން އެމްޑީޕީން ވަކިވެވަޑައިގަތް އެމްޑީޕީ އަށް ނިސްބަތްވި މަޖިލީހުގެ 12 މެމްބަރުންގެ ތެރެއިން އެކެކެވެ. ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ 12 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން އެމްޑީޕީ އަށް މިހާރު ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިފަ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވިދާނެ އެވެ. މެމްބަރުންގެ އަދަދަކީ 87 އެވެ. އީވާ ވަކި ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓެވެ.