Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު

އަންހެނުންގެ ސަބް ކޮމިޓީތަކަށް މެމްބަރުން ހޯދަނީ

އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ސަބް ކޮމިޓީތަަކަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން އައްޑޫގެ ހުރިހާ ދާއިރާއެއްގެ ސަބް ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ރަށްރަށުގެ އަންހެނުންނަށް ވަނީ ހުޅުވާލައިފަ އެވެ.

ސަބް ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރަން، ކަނޑައަޅާފައިވާ ދާއިރާތަކަކީ ފޭދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ، މީދޫ، ހިތަދޫ ދެކުނު، ހިތަދޫ އުތުރު އަދި ހިތަދޫ މެދު ދާއިރާއަށެވެ.

މިއިން ކޮންމެ ދާއިރާއެއްގެ ސަބް ކޮމިޓީއަކަށް 10 މެމްބަރުން ނަގާނެ އެވެ.

ކައުންސިލުން ބުނީ ކޮމިޓީތަކަށް މެމްބަރުން ހަމަޖައްސާނީ އެކަމަށް އެދި ހުށަހަޅާ ތަރުތީބަށް ބަލައިގެން ކަމަށެވެ.