Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

ޓޫރިޒަމް އާ މާސްޓަ ޕްލޭން ލޯންޗް ކުރަނީ

ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން މާދަމާ ލޯންޗްކުރަން ނިންމައިފި އެވެ.

މީގެ ތިން އަހަރު ކުރިން މަސައްކަތް ފެށި އެ ޕްލޭން ނިންމައި މާދަމާ ރަސްމީކޮށް ލޯންޗްކުރަން ހާއްސަ ހަފުލާއެއް ބާއްވަން ޓޫރިޒަމް މިނިސްޓްރީން މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ.

ފަސް ވަނަ ޓޫރިޒަމް މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު 2019 ގަ އެވެ. މި މާސްޓާ ޕްލޭނުގެ މަސައްކަތް ފައިސާގެ ދަތިކަމާއި އަދި ކޮވިޑާ ހެދި މަޑުޖެހުމަށް ފަހު އަލުން ފެށުނީ 2021 ގަ އެވެ. އެއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) ގެ އެހީއާ އެކީގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަސް ވަނަ ޓޫރިޒަމް މާސްޓަ ޕްލޭނާ އެކީ ރާއްޖޭގެ ޓޫރިޒަމް މުޅިން އެހެން ހަރުފަތަކަށް ގެންދަން މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށެވެ.

ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ މައިބަދަ އެވެ. އަދި ރާއްޖެ އަކީ ޓޫރިޒަމްގައި ދުނިޔޭގައި އެންމެ ނަން މަޝްހޫރު އެއް މަންޒިލެވެ. މާދަމާ ފަަސް ވަނަ ޓޫރިޒަމް މާސްޓަ ޕްލާން ލޯންޗްކުރާ އިރު، ރާއްޖެ އިން މި އަހަރު އަމާޒު ހިފާފައި އޮތީ 1.9 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.

ރާއްޖޭގެ ޓޫރިޒަމަށް މިދިޔަ އަހަރު 50 އަހަރު ވެސް ފުރިފައިވާ އިރު، އެ އަހަރު 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ