Last Updated: June 29, 02:43
Sunday, June 28, 2026
ޚަބަރު

ޕީޖީ އައްޑޫގައި

ދާދި ފަހުން ޕޮރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި މުހުތާޒު މުހުސިން އައްޑޫގެ ބައެއް އިދާރާތަކުގެ އިސްވެރިންނާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޕީޖީގެ އޮފީހާ ހަވާލުވެ ވަޑައިގަތުމަށްފަހު މުހުތާޒު އައްޑޫއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން އައްޑޫގެ ކޯޓުތަކާއި، އައްޑޫ ސިޓީ ކައުންސިލާއި، ޕޮލިހުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.
10405558_738546609541586_498740215514492388_n

އައްޑޫ ސިޓީ ކައުންސިލާއި އެކު މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެއް ގާއިމް ކުރުމަށް ބިމެއް ހޯދުމާއި ގުޅޭ ގޮތުން މުހުތާޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އަދި އެކަމަށް ކައުންސިލުން އެއްބާރުލުން ދޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.