ކީރިތި ޤުރުއާންގެ ލަފުޒުތަކުގެ މާނަ އެކުލެވޭ ފޮތެއް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބަހަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި ފޮތަކީ "ކީރިތި ޤުރުއާންގެ 80 ޕަސެންޓް ލަފުޒުގެ މާނަ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ. އެގޮތުން މީގެ 216 ކޮޕީ ރާއްޖޭގެ ސްކޫލްތަކަށް ހަދިޔާކުރަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ވަނީ ހަވާލުކޮށްފަ އެވެ.
"ކީރިތި ޤުރްއާންގެ %80 ލަފުޒުގެ މާނަ" މިފޮތުގެ 216 ކޮޕީ، ރާއްޖޭގެ ހުރިހާ މަދަރުސާތަކަށް ބެހުމަށް ހ.ކުއްޅަވައްގޭ ޖާދުﷲ ޖަމީލް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ ޙަސަން ޙަމީދު، މިނިސްޓަރ @aisthly އަށް ހަދިޔާކުރެއްވުން. (1/2) pic.twitter.com/Mhc1yuOsti
— Ministry of Education (@MoEdumv) May 22, 2023
އެ ފޮތް މިނިސްޓްރީ އަށް ހަދިޔާކުރެއްވީ ހ. ކުއްޅަވައްގޭ ޖާދުﷲ ޖަމީލާއި ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ ޙަސަން ހަމީދެވެ.
މިފޮތުގައި ހިމެނެނީ ކީރިތި ޤުރްއާންގައި އެންމެ ގިނައިން ތަކުރާރުވާ (އަފުރަމާދަ) ލަފުޒުތަކުގެ މާނަ. (2/2)
— Ministry of Education (@MoEdumv) May 22, 2023
މިދިޔަ މަހު ނެރުނު "ކީރިތި ޤުރުއާންގެ 80 ޕަސެންޓް ލަފުޒުގެ މާނަ" އަކީ ޤުރުއާންގައި އެންމެ ގިނައިން ތަކުރާރުވާ ލަފުޒުތަކުގެ ދިވެހި މާނަ ހިމެނޭ ފޮތެކެވެ. މި ފޮތް ލިޔުއްވީ ޑރ. ހަސަން ހަމީދާއި ޝެއިހް އަބްދުالله މުހައްމަދުގެ އިތުރުން ޑރ. ސައުދުالله އަލީ އެވެ.