ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ މާފަންނު ހުނޅަގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ ނަން އިއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބްރޭކް ވަގުތަށްފަހު ފެށިއިރު ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
އެއާއެކު ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ އަފީފް ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަން ފައްޓަވާފައެވެ. އަދި އެ ވާހަކައިގެ ތެރެއިން، ރައީސް ނަޝީދަސް ތާއީދުކުރައްވާ ބައެއް މެންބަރުން ދެއްކި ވާހަކަތަކަށްވެސް ރައްދެ ދީފައިވެއެވެ.
ސަރުކާރަށް ތާއިދުކުރާ ބައެއް މެންބަރުން ވާހަކަ ކުރިއަށްގެންދިއުމުގައި މައުލޫއިން ބޭރުން ވާހަކަ ދައްކަވާތީ ރިޔާސަތުގައި އިންނެވި މެންބަރު އަފީފް އެކަން ފާހަގަކުރެއްވިއެވެ. އަދި އެކަން ފާހަގަ ކުރެއްވުމުންވެސް އެ މެންބަރުން އެގޮތުގައި މައުލޫއިން ބޭރުން ވާހަކަ ދައްކަވާތީ އެ މެންބަރުންގެ ފުރުސަތު ނިންމަވާލައްވާ އެހެން މެންބަރުންނަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވިއެވެ.
މި މައްސަލަ ހޫނުވެ ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުންވަނީ މަޖިލީހުގައި އަޑުގަދަ ކުރައްވާފައެވެ. އަދި މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ރިޔާސަތުން އެންގުމުންވެސް އެކަން ނުކުރުމުން މެންބަރު ފަލާހުގެ ނަން އިއްވާ މަޖިލީހުން ނިކުތުމަށް އެންގުމުން މަޖިލީހުގެ ތަޅުން ދޫކުރައްވާ ނިކުމެވަޑައިގެންފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ގެއްލުވާލުމާގުޅިގެން މަޖިލިސް މެދުކަނޑާލުން:
24 މޭ 2023 pic.twitter.com/C9LQ4OMqZM— Ahmed Thariq (@AhmedThaariq) May 24, 2023
އަދި މަޖިލިސް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލުމަށްފަހު ފެށިއިރުވެސް ފަލާހް މަޖިލިސް ތަޅުން ދޫކުރައްވާ ވަޑައިނުގަތުމުން ރިޔާސަތުގައި އިންނެވި މެންބަރު އަފީފް ވަނީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައެވެ.