Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

އެކްސްކަވޭޓަރެއް ފުރޮޅާލާ މީހަކު ނިޔާވެއްޖެ

މާފަރު އެއާޕޯޓްގެ ރަންވޭގެ މަސައްކަތުގައި ބޭނުންކުރި އެކްސްކަވޭޓަރެއް ފުރޮޅާލައިގެން މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ނ. މާފަރު އެއާޕޯޓްގެ ރަންވޭގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލާ އަނިޔާވި މީހަކު މާފަރު ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.

މިހާދިސާގައި ނިޔާވެފައިވަނީ އެކްސްކަވޭޓަރު ދުއްވަންއިން ޑްރައިވަރު ކަމަށާއި އެމީހާއަކީ 35 އަހަރުގެ އިންޑިއާ މީހެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނެފައިވަނީ މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ.