Last Updated: June 29, 02:43
Sunday, June 28, 2026
ޚަބަރު

އެމްވީކޭ އަށް އިތުރު ހަތަރު ރަށެއް!

އެމްވީކޭއިން ޖީމއެމްއާރާއި ދެކޮޅަށް އައްޑޫގަި ކުރި މުޒާހަރާ- އެމވީކޭގެ ހިދްމަތާއި މެދު އާއްމުން ދަނީ ޝަކުވާކުރަމުން-

އައްޑޫގެ އެއްގަމާއި ކަނޑު ދަތުރު ކުރުމަށް ހަވާލުކޮށްފައިވާ އެމްވީކޭ ކުންފުނިން ހިދްމަތް ބަރާބަރަށް ފޯރުކޮށް ނުދެވޭއިރުވެސް އެކުންފުންޏާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމުގެ ބަދަލުގައި އިތުރު 4 ރަށެއް ދިނުމަށް ނިންމާފައިވާ ކަން އިތުބާރު ހުރިގޮތަކަށް "އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިއްޖެއެވެ.

"އައްޑޫލައިވް" އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ބުނީ އެމްވީކޭގެ މައްސަލާގައި އެމްވީކޭ ޝަފީޤްއާއި ރައީސް ޔާމީން ތަފާތު ފަހަރުމަތިން ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި 4 ރަށެއް އެމްވީކޭއަށް ދިނުމަށް ރައީސް ނިންމަވައި، އޭގެ ތެރެއިން 2 ރަށް ވަރަށް އަވަހަށް ޝަފީގްއާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ނަޝީދުގެ ސަރުކާރުން، އެމްވިކޭ ޝަފީގްއާއި އައްޑޫގެ ދަތުރުފަތުރު ކުރުން ހަވާލުކުރީ، ގަމުގައި ހިންގަމުން ދިޔަ "ދޫގަސް" 50 އަހަރުގެ މައްދަތަކަށް ކުއްޔަށް ދިނުމަށްފަހު، ދަތުރުފަތުރު ކުރުމަށް ޝަރުޠުކޮށެވެ.

ނަމަވެސް ފާއިތުވި ދުވަސްތަކުގައި، އެމްވީކޭއަށް އެކަށީގެންވާ ފެންވަރެއްގައި ދަތުރުފަތުރުގެ ހިދްމަތް ފޯރުކޮށް ދެވިފައި ނުވެއެވެ. އެހެންވެ އެމްވީކޭ އާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެމްވީކޭއިން ވަނީ އެތައް ފަހަރެއްގެ މަތިން ހިލާފުވެފައެވެ.

ރައީސް ޔާމީން އާއި އެކު އެއް ކުލާހެއްގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ކިޔަވާ ވިދާޅުވި އެމްވީކޭ ޝަފީގުއަށް 4 ރަށެއް ދިނުމަށް ނިންމައި އެކަމުގެ މަޝްވަރާއަށް އެޓާނީ ޖެނެރަލްގެ އޮފީހަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި އެޓާނީ ޖެނެރަލް އެކަމަށް ދެކޮޅު ހެދިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މަޝްހޫރު ވިޔަފާރިވެރިއާ އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ސަރުކާރުން ދިގު މުއްދަތަކަށް ދޫކޮށްފައިވާ ބިންތަކާއި، ކާޑެއްދޫ އެއާޕޯޓް އެގްރިމެންޓާއި ގާސިމް ހިލާފްވެފައިވާ ކަމަށް ބުނެ ސަރުކާރަށް ވަނީ ނަގާފައެވެ.

އަދި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި ރައީސް ބޭނުންފުޅު ކޮންމެ ދިމާލަކުން ބިމާއި، ކަނޑާއި ފަޅުތައް ދިގު މުއްދަތައް ދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު "ފާޅުގައި ގައުމު ވިއްކާ" މައްސަލައާއި ދިވެހި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އައްޑު އާއި ފުވައްމުލަކު ދެމެދު ދަތުރުފަތުރު ކުރުމަށް އެމްވީކޭއާ ހަވާލުކުރުމުގައި އަޑި ނުފެންނަ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެ މަޝްރޫއު އަލުން ބިޑަށް ލުމަށް ދިވެހި ގައުމީ ޕާޓީން އޭރު ގޮވާލާފައިވެއެވެ. އެކަމުގައި އިސް ދައުރެއް މިހާރުގެ ނައިބް ރައީސް ޑރ. ޖަމީލް އަދާ ކުރެއްވިއެވެ.

އެމައްސަލަ އާއި ގުޅިގެން ގައުމީ ޕާޓީން ވަނީ އެ މަޝްރޫއުގެ ކަންތައް ހިނގައި ދިޔަ ގޮތް ރައްޔިތުންގެ މަޖްލިސްއަށް ހުށަހަޅައި، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.

ރައްޔިތުންގެ މުދާ ސަރުކާރުން ހިތު ހުރި ގޮތަކަށް ބަހަމުންދާ ކަމަށް ބުނެ އޭރު އިދިކޮޅު ޕާޓީ އަދި މިހާރުގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްވަނީ އަޑު އުފުލާފައެވެ. އެގޭ ތެރޭގައި މިހާރު ފޭދޫ ދާއިރާ ތަމްސީލު ކުރަމުން އަންނަ އިބްރާހިމް ދީދީ (އައިބީ) ހިމެނެއެވެ.