Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ރައީސް ފ. އަތޮޅަށް ފުރާވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ނިލަންދުއަށެވެ. އޭގެ ފަހުން އެ އަތޮޅުގެ ދަރަނބޫދު އާއި މަގޫދޫގެ އިތުރުން ބިލެތްދޫގެ އަދި ފީއައްޔަށް ވެސް ރައީސް ވަޑައިގަންނަވާނެ އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް ސޯލިހް އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާއި އަދި އާންމު ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެ ރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވުމަށާއި، ކުރިއަށްދާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތް ވެސް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެ އެވެ.

އެގޮތުން ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން މަގޫދޫގައި އަޅަމުން އަންނަ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ދާ ގޮތް ރައީސް ވެސް ބައްލަވާލައްވާނެ އެވެ.