Last Updated: April 24, 19:12
Wednesday, April 24, 2024
ދުނިޔެ

އީބޭގެ ވެރިޔާގެ މާލީ އެހީ ފުލުހުންނަށް

އެމެރިކާ ފުލުހުންގެ މައްޗަށް ސަރުކާރުގެ ނުފޫޒު ކުޑަކުރަން ފުލުހުންނަށް މާލީ ގޮތުން އެހީވުމުގެ ގޮތުން އީބޭގެ ވެރިޔާ ޕިއާ އޮމިޑިއާ ދެ މިލިއަން ޑޮލަރު ހަދިޔާކުރައްވައިފި އެވެ.

މީގެ އިތުރުން އޭނަގެ އޮމިޑީ ނެޓްވޯކުން ވަނީ އަމިއްލަ ޖަމާއަތެއް ކަމަށްވާ "އޫބާ ފޯ ބޮޑީގާޑްސް" އަށް ވެސް 500،000 ޑޮލަރު ހަދިޔާކުރައްވައިފަ އެވެ. މި ޖަމާއަތަކީ 2020 ގައި ފުލުހުން މަރާލި ކަޅު ނަސްލުގެ ޖޯޖް ފްލޯއިޑް މަރާ ގުޅިގެން "ބްލެކް ލައިވްސް މެޓާ" ގެ ނަމުގައި މުޅި އެމެރިކާގައި ކަޅު ނަސްލުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި އެ މީހުންގެ ހައްގުތަކަށް ގޮވާލައި ގައުމީ ފެންވަރުގައި ކެމްޕޭނެއް ހިންގި ޖަމާއަތެވެ.

އެގޮތުން ފްލޯއިޑް މަރާލުމާ ގުޅިގެން "ޑިފަންޑް ދަ ޕޮލިސް" ޝިއާރުގެ ދަށުން ފުލުހުންގެ މައްޗަށް ސަރުކާރުގެ ނުފޫޒު ކުޑަކުރަން ގޮވާފައިވެ އެވެ.

ހައިރާތަށް ވެދެއްވަމުން އަންނަ އެހީގެ ދަށުން ފްރާންސަށް އުފަން އަދި އެމެރިކާގެ ރަށްވެހިކަން ވެސް އޮންނަ އީބޭވެ ވެރިޔާ ޕިއާ، 55، ވަނީ ކަޅު ނަސްލުގެ މީހުންގެ ހައްގުތަކަށް ވަކާލާތުކުރާ އިކުއިޓީ އެންޑް ޓްރާންސްފޮމޭޝަނަށް ވެސް 100،000 ޑޮލަރު ހަދިޔާކުރައްވައިފަ އެވެ.

ޕިއާގެ މިލްކިއްޔާތު 24 ބިލިއަން ޑޮލަރަށް އެވެ. އޭނަ މީގެ 27 އަހަރު ކުރިން އީބޭ ވުޖޫދަށް ގެނައީ 1995 ގަ އެވެ.