Last Updated: July 24, 17:40
Friday, July 24, 2026
ޚަބަރު

އަލް މަހްރާ ރިސޯޓް ހުޅުވާނީ 2025 ގައި

އަންނަ އޮގަސްޓް މަހުގެ ތެރޭގައި ތަރައްގީ ކުރަން ފަށާ އަލް މަހްރާ މޯލްޑިވްސް ރިސޯޓް 2025 ގައި ހުޅުވަން ނިންމައިފި އެވެ.

ލ. އަތޮޅުގެ ފޮނަގާދޫގައި ތަރައްގީކުރާ މި ރިސޯޓަކީ 218 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި ރިސޯޓަށް އަލް މަހްރާގެ ނަން ދީފައި ވަނީ، އެ ރަށް ތަރައްގީކުރާ ޔޫއޭއީގެ ކުންފުނި އެފްއޭމް ހޯލްޑިން ގްރޫޕްގެ ޗެއާމަން ފައިސަލް އަލީ މޫސާގެ 5 އަހަރުގެ އަންހެން ދަރިފުޅު މަހްރާގެ ނަމާ ގުޅުވައިގެންނެވެ.

މިހާރު ވެސް ޔޫއޭއީގެ ރަސް އަލް ޙަައިމާގައި އަލް މަހްރާގެ ނަމުގައި ރިސޯޓެއް ހިންގަމުން އަންނަ އެފްއޭއެމް ހޯލްޑިން އިން ބުނީ ރާއްޖޭގައި ތަރައްގީކުރާ ރިސޯޓް ވާނީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކުރާ މަތީ ފަންތީގެ ތަނަކަށް ކަމަށެވެ. މިތަނުގެ މަސައްކަތް ނިންމައި ހުޅުވަން ހަމަޖެހިފައި ވަނީ 2025 ގެ މެދުތެރޭގަ އެވެ.

އެފްއޭއެމް ހޯލްޑިން އިން ބުނި ގޮތުގައި އަލް މަހްތާ މޯލްޑިވްސް ވާނީ ތިމާވެއްޓާ ވެސް ވަރަށް ރައްޓެހި ރިސޯޓަކަށެވެ. އެގޮތުން އެތަނަށް ބޭނުންވާ ހަކަަތަ އުފައްދާނީ ސޯލާއިންނެވެ. އަދި އެ މަސައްކަތް ކުރާނީ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ އެފްއޭއެމް ގަންޒް ގްރީން އެނަޖީންނެވެ.