Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ރައީސަށް ނިލަންދޫން ހޫނު މަރުހަބާއެއް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން އެ އަތޮޅު ނިލަންދު އަށް ވަޑައިގަތުމާ ގުޅިގެން ރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އެގޮތުން ރަށު ރައްޔިތުންގެ ފަރާތުން ވަނީ ރައީސްގެ ދެކަނބަލުންނަށް ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ސަރުކާރުގެ އިސް ވަފުދަކާ އެކީ ރައީސް ފ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން މިއަދު އެ ރަށު ކައުންސިލާއި،އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރައްވާނެ އެވެ. އަދި ނިލަންދޫ ރައްޔިތުންނާ ވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ހޮސްޕިޓަލުގެ ޙާލަތު ވެސް ރައީސްގެ ދެކަނބަލުން ބައްލަވާލައްވާނެ އެވެ. އަދި އެ ރަށުގައި އަމިއްލަ ފަރާތަކުން ޤާއިމުކުރި "ތަދުރީސުލް ޤުރުއާނުލްކަރީމް" ޤުރުއާން ކްލާސް ރައީސްގެ ދެކަނބަލުން ހުޅުއްވައި ދެއްވާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.

މި ދަތުރުގެ ތެރެއިން މިއަދު މެންދުރު ފ. ދަރަނބޫދު އަށް އަދި ހަވީރު މަގޫދު އަށް ވެސް ވަޑައިގަންނަވާނެ އެވެ. އެ މަނިކުފާނު ބިލެތްދު އާއި ފީއައްޔަށް ވަޑައިގަންނަވާނީ މާދަމާ އެވެ.