Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ހަށިވިއްކާ ނެޓްވޯކެއްގެ ބޮޑަކު ހައްޔަރުކޮށް ބަންދު ޖަހައިފި

ކްރިމިނަލް ކޯޓު --

ހަށިވިއްކާ ނެޓްވޯކެއްގެ ބޮޑެއްކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

މިމައްސަލައިގައި ފުލުހުން ކޮށްފައިވާ ތަހުގީގުން ހާމަވާގޮތުގައި އޭނާއަކީ ފުޅާދާއިރާްއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސް ހަށިވިއްކުމުގެ ވިޔަފާރި ކުރާ ފަރާތެއްކަމަށް ތުހުމަތު ކޮށްފައިވެއެވެ.

ފުލުހުން ތުހުމަތު ކުރާގޮތުގައި މީނާއަކީ ހަށިވިއްކުމުގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސްފަރާތެއް ކަމަށް ބެލެވޭ މީހެކެވެ.