Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

ބަތަލާ މޯނީ ރެސްޓޯރަންޓް ވިޔަފާރި އަށް

އިންޑިއާގެ ބަތަލާ މޯނީ ރޯއި ރެސްޓްރޯރަންޓްގެ ވިޔަފާރި އަށް ވަދެއްޖެ އެވެ.

ދުބާއީގައި ދިިރިއުޅޭ އިންޑިއާގެ ވިޔަފާވެރިއަކާ މިދިޔަ އަހަރު ކައިވެނިކުރި ބަތަލާ އިންވެސްޓްކޮށްފައި ވަނީ "ބަދުމާޝް" ގެ ނަމުގައި ވީއެންޑްރޯ ހޮސްޕިޓާލިޓީ ގްރޫޕުން ހިންގަމުން އަންނަ ރެސްޓޯރަންޓް ވިޔަފާރިއަށއވެ. އެގޮތުން މޯނީ ހިއްސާވާ ގޮތަށް އިންވެސްޓްކޮށްގެން "ބަދުމާޝް" ފްރެންޗައިޒްގެ ތިން ވަނަ އައުޓްލެޓް އިއްޔެ ވަނީ މުމްބާގައި ހުޅުވައިފަ އެވެ.

މިއީ އެންމެ މި ޒަމާނީ މާހައުލުގެ ތެރޭގައި ތިބެގެން އިންޑިއާގެ ރަހަތަކަށް އިންސާފުކޮށްލެވޭ ގޮތަށް ބައްޓަންކޮށްފައިވާ ވިޔަފާވެރިއެކެވެ. "ބަދުމާޝް" ގެ އައުޓްލެޓްތައް ކުރިން ހުޅުވާފައި ވަނީ ކޮލްކަލްކަތާ އާއި ބެންގަލޫރްގަ އެވެ.

މުމްބާއީގައި ހުޅުވި އައުޓްލެޓަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން މޯނީ ބުނީ އެ ވިޔަފާރި އަށް އިންވެސްޓްކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ އިންޑިއާގެ ކެއުންތަކަށް ހާއްސަ ވިޔަފާރިއަކަށްވެފައި، ޒަމާނަށް ފެތޭ ގޮތަށް އެހާމެ ހިތްގައިމުކޮށް "ބަދުމާޝް" ގެ ވިޔަފާރި ބައްޓަން ކުރަމުން އަންނާތީ ކަމަށެވެ.

ވީއެންޑްރޯ ހޮސްޕިޓަލީގެ އެއް ބާނީ މެނޭޖިން ޑިރެކްޓަރު ޑޯން ތޯމަސް ވިދާޅުވީ ބެންލަގޫރާއި ކޮލްްކަތާ އިން ލިބެމުން ބޮޑު ތަރުހީބާ އެކީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގައި "ބަދުމާޝް" ގެ އައުޓްލެޓެއް ހުޅުވުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ވިޔަފާރި އަށް މޯނީ އިންވެސްޓްކުރުމަކީ ބޮޑު އުފަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި މޯނީ އަކީ މިހާރު ބޮލީވުޑްގެ ބަތަލާއެކެވެ. އޭނަ އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ހިންދީ ފިލްމު ކަމަށްވާ "ބުރައްމަސްތުރާ" ކާސްޓްގައި ވެސް ހިމެނޭ ތަރިއެކެވެ.