ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަރަނބޫދޫއަށް ވަޑައިގެންފިއެވެ.
ރައީސް ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަހުމަދު ފ. ދަރަނބޫދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެއްނެވުމަށް ނިކުމެފައެވެ.
— The President's Office (@presidencymv) May 27, 2023
ރައީސް ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ސަރުކާރުގެ އިސް ވަފުދެއްވެސް އަންނަނީ ބައިވެރިވަމުންނެވެ. މިދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ފ. ނިލަންދުއަށްވެސް ވަޑައިގެންފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހް މިއަދު ހަވީރު މަގޫދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ ބިލެތްދުއާއި ފީއައްޔަށް ވަޑައިގަންނަވާނެއެވެ.