އެއް އާއިލާއަކަށް ނިސްބަތްވާ ހިންދީ ސިނަމާގެ ތިން ޖީލެއްގެ ބަޔަކަށް ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ މިރޭގެ އެޕިސޯޑް ހާއްސަކޮށްފި އެވެ.
މި އެ އެޕިސޯޑްގެ މެހުމާނުންގެ ގޮތުގައި ފެންނާނީ ބޮލީވުޑްގައި މިހާރު ފިޔަ ޖަހަން ފަށާފައިވާ ޒުވާން އުންމީދީ ބަތަލާ އަލާޔާ ފަރްނީޗަރްވާލާ، 25، އާއި އޭނަގެ މަންމަ ކުރީގެ ބަތަލާ ޕޫޖާ ބޭދީ، 53، ގެ އިތުރުން ކާފަ އަދި އިންޑިއާގެ ވަރުގަދަ ފިލްމީ ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަބީރް ބޭދީ، 77، އެވެ.
މި ފިލްމީ އާއިލާ "ކަޕިލް ޝަރުމާ ޝޯ" އިން މިރޭ ފެންނާނެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް، އަނަންޔާ ބުނީ މިއީ އޭނަ އާއި މަންމަ އަދި ކާފަ އެކީގައި ޓީވީ ޝޯއަކުން ފެންނާނެ ފުރަތަމަ ފަހަރު ކަމަށެވެ.
އަލާޔާ ބޮލީވުޑަށް ނުކުތީ ސައިފް އަލީ ޚާންގެ 2020 ގެ ފިލްމު "ޖަވާނި ޖާނެމަން" އިންނެވެ. އެ ފިލްމުން އޭނަ އަށް އެންމެ މޮޅު އާ ބަތަލާގެ ފިލްމުފެއާ އެވޯޑް ވެސް ލިބުނެވެ.
މިދިޔަ އަހަރު "ފްރެޑީ" އާއި "އޯލްމޯސްޓް ޕިޔާރު ވިތު ޑީޖޭ މުހައްބަތު" އިން ފެނިގެން ދިޔަ އަލާޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ "ޔޫ-ޓާން" އެވެ. އޭނަގެ ކުރިއަށް ފިލްމުތަކުގެ ތެރޭގައި "ބަޅޭ މިޔާ ޗޯޓޭ މިޔާ" އާއި "އޭކް އޯރް ގަޒަބް ކަހާނީ" އަދި "ސްރީ" ހިމެނެ އެވެ.
ފިލްމީ ކެރިއަރު ވަރަށް ކުރު އެކަމަކު ނުވަދިހައިގެ ކުރީކޮޅުގައި ވިދި ޕޫޖާ އަކީ "ޖޯ ޖީތާ ވޮހީ ސިކަންދަރު" އާއި "ޕިރު ތެރީ ކަހާނީ ޔާދު އާއީ" ފަދަ ފިލްމުތައް ކުޅުނު ބަތަލާއެކެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ 2020 ގެ "ކޮމެޑީ ކަޕްލް" އިންނެވެ.
ކަބީރަކީ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ފިލްމުތަކެއް ވެސް ހިމެނެ އެވެ. ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރުވި ފިލްމަކީ ރޭކާއާ އެކީ ކުޅުނު 1988 ގެ "ހޫން ބާރީ މާންގް" އެވެ. މިހާރު ވެސް ފިލްމުތަކާއި ޓީވީ އުފެއްދުންތަކުން ފެންނަ ކަބީރްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ތެލެގޫ ފިލްމު "ޝާކުންތަލަމް" އެވެ.