ފުވައްމުލައްސިޓީގައި ދެ ސައިކަލުޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވަނީ ފުވައްމުލަކްގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 11:25 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކަށް އަނިޔާވެފައިވާއިރު ދެ މީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. މި ދެމީހުންނަކީވެސް ސައިކަލު ދުއްވުމުގެ ލައިސެންސް އޮންނަ މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓް ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ.