Last Updated: July 21, 18:02
Tuesday, July 21, 2026
ދުނިޔެ

މިހާރު އެންމެ އާބާދީ ބޮޑީ އިންޑިއާގައި

އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމު އެތައް އަހަރެއް ވަންދެން ޗައިނާ އިން ދަމަހައްޓަމުން އަންނަނިކޮށް އިންޑިއާ އިން އެ މަގާމު ހޯދައިފި އެވެ.

އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ މި އަހަރު ވާނެކަން އދ. އިން މިދިޔަ އަންޒާދާޒާކުރި އެވެ. ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭންޝަން ފަންޑް (ޔޫއެންއެފްޕީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިންޑިއާގެ އާބާދީ އަކީ މިހާރު 142.86 ބިލިއަނެވެ. ޗައިނާގެ އާބާދީ އަކީ 142.57 ބިލިއަނެވެ. މިއީ 1950 ގެ ފަހުން އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމު ޗައިނާ އަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

ޗައިނާގެ އާބާދީ މި ފަހުގެ އަހަރުތަކުގައި ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އެއް ދަރިންނަށް ހޯދަން ކަނޑައަޅާފައި އޮތް ސިޔާސަތެވެ. މީގެ ސަބަބުބް ޗައިނާގައި އުފަންވާ ރޭޓް ވަރަށް ބޮޑަށް ދަށްވެ، އެކަން ގައުމީ މައްސަލައަކަށްވެގެން މި ފަހުން އާބާދީ އިތުރުކުރަން ސަރުކާރު ތަފާތު އެކި ސްކީމްތައް ވެސް ތައާރަފުކޮށްފައިވެ އެވެ.

އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމު ދެކުނު އޭޝިއާގެ ވަރަށް ނުފޫޒު ގަދަ ގައުމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އިންޑިއާ އިން ހޯދި އިރު ޔޫއެންއެފްޕީއީގެ ރެކޯޑްތަކުން ދައްކާ ގޮތުން އެ ގައުމުގެ މިހާރުގެ އާބާދީގެ 25 ޕަސެންޓަކީ 14 އަހަރުން ދަށުގެ ކުދިންނެވެ. އަށާރަ ޕަސެންޓަކީ 10-19 އަހަރާ ދެމެދުގެ ކުދިންނެވެ. ސައްބީސް ޕަސެންޓަކީ 10-24 އަހަރާ ދެމެދުގެ މީހުންނެވެ. ފަސްދޮޅަށް އަށް ޕަސެންޓަކީ 15-64 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ހަތް ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގައި މިހާރު ދުވާލަކު އެވްރެޖްކޮށް 86،000 ކުދިން އުފަންވެ އެވެ. ޗައިނާގައި އެ ނިސްބަތް އުޅެނީ 49،400 ގަ އެވެ. އަންދާޒާކޮށްފައިވާ ގޮތުގައި އިންޑއާގެ އާބާދީ 2064 1.7 ބިލިއަނަށް އަރާނެ އެވެ.

މުޅި ދުނިޔޭގެ އާބާދީ މިހާރު 8 ބިލިއަނަށް އަރަ އެވެ.