މި އަހަރުގެ ފިލްމުފެއާ އެވޯޑްސްގައި ފިލްމު "ގަންގޫބާއި ކަތިއަވާޅީ" އިން މޮޅު ބަތަލާގެ އެވޯޑް ހޯދި އާލިއާ ބަޓަށް އެ ފިލްމުން އެންމެ މޮޅު ބަތަލާގެ އައިފާ އެވޯޑް ވެސް ލިބިއްޖެ އެވެ.
މި އަހަރު ވެސް އައިފާ ވެސް ވަރަށް ކުލަގަދަކޮށް ބޭއްވި އަބޫ ދާބީގަ އެވެ. ރޭ ބޭއްވި ކުލަގަދަ އެވޯޑް ހަފުލާގައި ބައެއް ތަރިންގެ ފޯރިގަދަ ސްޓޭޖް ހުށަހެޅުންތަކެއް ވެސް ފެނިގެން ގޮސްފައިވެ އެވެ.
Congratulations to the extremely talented #HrithikRoshan, the true embodiment of versatility, as he lifts the IIFA trophy under the category – "Performance In A Leading Role – Male" for his phenomenal portrayal in the action-packed film #VikramVedha.#IIFA2023 #IIFAONYAS pic.twitter.com/4FXvJhzMIz
— IIFA (@IIFA) May 27, 2023
ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރި "ގަންގޫބާއީ" އިން އައިފާގެ މޮޅު ބަތަލާގެ އެވޯޑް ގެންދިޔަ އިރު، އެ ފިލްމަށް ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ސްކްރީންޕްލޭ އާއި އެންމެ މޮޅު ޑައިލޮގާއި އެންމެ މޮޅު ސިނަމަޓޯގްރަފީ އަދި އެންމެ މޮޅު އާ އެކްޓަރުގެ އެވޯޑް ވެސް ހިމެނެ އެވެ.
އައިފާގެ އުސްއަލިއަތައް:
* އެންމެ މޮޅު ފިލްމު: ޑްރިޝަމް 2
* އެންމެ މޮޅު ޑައިރެކްޓަރު: އާރަމް މާދްވަން (ދަ ނަމްބީ އިފެކްޓް)
* އެންމެ މޮޅު އެކްޓަރު: ރިތިކް ރޯޝަން (ވިކްރަމް ވޭދާ)
* އެންމެ މޮޅު ސަޕޯޓިން އެކްޓަރު: އަނިލް ކަޕޫރް (ޖުގް ޖުގް ޖިއޯ)
* އެންމެ މޮޅު ސަޕޯޓިން ބަތަލާ: މޯނީ ރޯއި (ބުރައްމަސްތުރާ)
* އެންމެ މޮޅު އާ އެކްޓަރު: ޝަންތަނޫ މަހޭޝްވަރީ ގަންގޫބާއި/ބާބިލް ޚާން (ގަލާ)
* އެންމެ މޮޅު އާ ބަތަލާ: ކުޝާލީ ކުމާރު ދޯކާ އެރައުންޑް ދަ ކޯނާ)
* އެންމެ މޮޅު ނެށުން: ބޮސްކޯ ސީޒާ (ބޫލް ބުލައްޔާ 2)
* އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ: އަރިޖިތި ސިންގް-ކޭސަރިޔާ (ބުރައްމަސްތުރާ)
* އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: ޝްރެޔާ ގޯޝަލް-ރަސިއާ (ބުރައްމަސްތުރާ)
* އެންމެ މޮޅު އެޑިޓިން: ޑްރިޝަމް 2
* އައުޓްސްޓޭންޑިން އެޗީވްމަންޓް އިން އިންޑިއަން ސިނަމާ: ކަމަލް ހަސަން
އައިފާ އެވޯޑްސް ހަފުލާގެ ރެކޯޑިން ވަރަށް އަވަހަށް ކަލާސް ޗެނެލުން ގެނެސްދޭނެ އެވެ.