ފ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފ. ބިލެތްދޫއަށް ވަޑައިގަނެފިއެވެ.
ރައީސް ބިލެތްދުއަށް ވަޑައިގަތުމުން އެރަށުން ވަނީ ރައީސް ސޯލިހަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ބިލެތްދޫއަށް ވަޑައިގެން ރައީސް ސޯލިހް އެރަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާނެއެވެ.
ރައީސް ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ސަރުކާރުގެ އިސް ވަފުދެއްވެސް އަންނަނީ ބައިވެރިވަމުންނެވެ. މިދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫ، ފ. ދަރަނބޫދޫ އަދި ފ. މަގޫދޫއަށް ވަޑައިގެންފައިވާއިރު މިއަދު ފީއައްޔަށްވެސް ވަޑައިގަންނަވާނެއެވެ.