Last Updated: April 18, 12:20
Thursday, April 18, 2024
ޚަބަރު

ޓޫރިސްޓުންގެ އަދަދު 780،000 އިން މައްޗަށް

ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 780،000 އިން މައްޗަަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 24 އާ ހަމައަށް ޖުމްލަ 782،889 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 15.6 ޕަސެންޓްގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެގޮތުން މި މަހުގެ 24 އާ ހަމައަށް އެ ގައުމުން ޖުމްލަ 91،587 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަގައި އޮތް އިންޑިއާ އިން 89،619 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 71،359 ޓޫރިސްޓުން އައިސްފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ޓޮޕް 10 މާކެޓަށް ބަލާ އިރު، ލިސްޓްގައި ދެން ހިމެނެނީ އިޓަލީ (59،593 ޓޫރިސްޓުން)، ޖަރުމަން (57،274 ޓޫރިސްޓުން)، ޗައިނާ (43،411 ޓޫރިސްޓުން)، އެމެރިކާ (32،222 ޓޫރިސްޓުން)، ފްރާންސް (28،855 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް (18،962 ޓޫރިސްޓުން) އަދި ދެކުނު ކޮރެއާ (14،412 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ.