ރޭ އަބޫ ދާބީގައި ރޭ ނިންމާލި މި އަހަރުގެ އައިފާ އެވޯޑްގެ ގްރީން ކާޕެޓް އިވެންޓްގެ ތެރޭގައި ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާނާ އިންނަން ނޫސްވެރިއަކު އަހައިފި އެވެ.
ސަލްމާނާ ކައިވެނި ކުރަން ބޭނުންވެގެން އެހީ އެމެރިކާގެ ހޮލީވުޑްގައި އުޅޭ މީގެހެވެ. އޭނަ އެ ސުވާލުކުރާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އޭގައި އޭނަ ބުނަނީ ސަލްމާން ފެނުނު ދުވަހުން ފެށިގެން އޭނަ ދެކެ ލޯބިވެވިފައިވާ ކަމަށެވެ.
އެ ވާހަކައާ ގުޅިގެން ސަލްމާން ސަމާސާ މިޒާޖެއްގައި "ތި ދައްކަނީ ޝާހްރުކް ޚާންގެ ވާހަކަ ދޯއޭ" އަހަ އަވެ. ޖަވާބުގައި އަންހެން ނޫނެކޭ ބުނެ ތިމަންނައާ އިނދެފާނަންތޯ އަހަ އެވެ. އޭގެ ރައްދުފައި ސަލްމާން "ވަރަށް މޫޑީވެފައި" ބުނީ "ކައިވެނިކުރާ އުމުރު ހިނގައްޖެ" ކަމަށާއި "ވިއްސަކަށް އަހަރު ކުރިން ދިމާވި ނަމަ އެކަން ކުރެވުނީސް" ކަމަށެވެ.
މީޑިއާތަކުން ބުނި ގޮތުގައި ސަލްމާނާ އިންނަން އެހީ އެލީނާ ހާލިފު ކިޔާ މީހެކެވެ.
އުމުރުން 57 އަހަރުގެ އެކްޓަރާ އިންނަން މީގެ ކުރިން ވެސް އެކި މީހުން އަހާފައިވެ އެވެ. އެކަމަކު ސަލްމާން އެފަދަ ވާހަކަތައް ސީރިއަސްކޮށް ނުނަގަ އެވެ. ނަމަވެސް އޭނަގެ ކައިވެނޯގެ ވާހަކަ އަކީ "އިންޑިއާގެ ގައުމީ ބަހުސެއްސާ ހޫނު ވާހަކަ" އެކެވެ.
ސަލްމާން ރައްޓެހިވި މީހުންގެ ތެރޭގައި ހިމެނެނީ ބަތަލާއިން ކަމަށްވާ ސަންގީތާ ބިޖްލާނީ އާއި ސޯމީ އަލީ އާއި އައިޝްވާރިއާ ރާއީގެ އިތުރުން ކެޓްރީނާ ކައިފް އެވެ.