ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރެވޭވަރުގެ މީހަކު ނެތްކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ފ. ބިލެތްދޫ އާ އިންޖީނުގެ އާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވާދަވެރިންނަށް އަމާޒުކުރައްވާ ސައީދު ވަނީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމުގެ ވިސްނުމުގައި ކުރިއަށް ދިއުމަށް އެ ފަރާތްތަކަށް އެދިވަޑައިގެންފައެވެ.
އެކި ވެރިންނާއެކު ވަރަށް ދުވަހު މަސައްކަތް ކުރެވިއްޖެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ "ޗެލެޖް" ކުރެވޭނެ އެކަކުވެސް ނެތްކަމަށެވެ.
"އަދިއެއް އަދުގެ ރައީސުލްޖުމްހޫރިއްޔާއާ ޗެލެންޖް ކުރެވޭނެ ވެރިއަކު ރާއްޖެއަށް ހިދުމަތްކުރަން އަދިއެއް އަންނާކަށް ނުވެސް އުޅުއްވާ. އެ ވިސްނުމެއްވެސް ނެތް." ސައީދު ވިދާޅުވިއެވެ.
މީގެއިތުރުންވެސް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތްކުރުމަށްއައި ކުލުނުވެރި ރައީސަކީ ރައީސް ސޯލިހް ކަމަށެވެ. އަދި ރައިސް ސޯލިހް ކުރައްވާ މަސައްކަތަށް އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުން ލާޒިމު ކަމަށް ވިދާޅުވިއެވެ.
ކޮވިޑްގެ ތެރޭގައި ރައިސް ސޯލިހް އިރުޝާދު ދެއްވީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އެކަންކަން ނިމި އޭގެ ފައިދާ ރައްޔިތުންނަށް ލިބެމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.