Last Updated: June 29, 02:43
Sunday, June 28, 2026
ޚަބަރު

އާ ހޮސްޕިޓަލް އޮކްޓޯބަރު ބިޑަށް ލަނީ

ހިތަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ އާ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހު ބައިނަލް އަގްވާމީ ބީލަމަށް ހުޅުވާލާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ރަޝީދު މިއަދު ވިދާޅުވީ އާ ހޮސްޕިޓަލްގެ ޑީޓައިލް ޑިޒައިނިންގެ މަސައްކަތް ހަވާލު ކޮށްފައިވާ ރިޔަން ކުންފުނިން އަންނަ މަހު ތެރޭ ކުރެހުން ހުށަހަޅާނެ ކަމަށެވެ.

ހުސެއިން ވިދާޅުވީ އޯޕެކް ފަންޑުގެ އެހީގައި އިމާރާތްކުރާ އެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނިމުމުން އޮކްޓޫބަރު މަހުގެ ތެރޭގައި އެތަން ބައިނަލް އަގްވާމީ ބީލަމަށް ހުޅުވާލާނެ ކަމަށެވެ.

ނަމަވެސް ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭވަރުވާނީ އަންނަ ޖެނުއަރީ މަހު ކަމަށް ހުސެން ވިދާޅުވިއެވެ.

ހިތަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް އަޅާނެ ބިމަކާއި މެދު ކޮންމެވެސް ވަރަކަށް އަދިވެސް ދަނީ ބަހުސް ކުރެވެމުންނެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ވިދާޅުވީ ހޮސްޕިޓަލް އަޅާނީ ހިތަދޫ ޒޯން ސްޓޭޑިއަމް އާއި ދިމާލުން މާމެންދޫން ހޮސްޕިޓަލަށް ހާއްސަ ކޮށްފައިވާ ބިމުގައި ކަމަށެވެ.

ހިތަދޫގައި މިވަގުތު ހިދްމަތް ދެމުން ގެންދާ ރީޖަނަލް ހޮސްޕިޓަލް ބާވެ، ޖާގައިގެ ދަތިކަން އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ނަމަވެސް އާ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރާއި އޯޕެކް ފަންޑް ފޮ ޑިވެލޮޕްމަންޓާ ދެމެދު އޮކްޓޯބަރު 16، 2012ގައި ސޮއިކޮސް ފަންޑު ހަަމޖެހިފައިވާ ހޮސްިޓަލްގެ މަސައްކަތް ވަނީ ނުފެށި "ސިޔާސީ" ވެފައެވެ.