Last Updated: May 3, 09:10
Saturday, May 3, 2025
ދުނިޔެ

ޗައިނާ އިން އުފެއްދި މަތިންދާބޯޓް އޮޕަރޭޝަނަށް

އާންމު ދަތުރޔުފަތުރުތަކަށް ޗައިނާ އިން އުފެއްދި ފުރަތަމަ މަތިންދާބޯޓް ދަތުރުތަކުގައި މިއަދު ބޭނުން ކުރަން ފަށައިފި އެވެ.

އެ ގައުމުގެ ސަރުކާރުގެ މީޑިއާ އިން ބުނެފައިވާ ގޮތުގައި ސީ919 މަރުކާގެ މި ބޯޓަކީ ޗައިނާގެ ކޮމާޝަލް އޭވިއޭޝަން ކޯޕަރޭޝަން އޮފް ޗައިނާ (ކޮމެކް) އިން އުފެއްދި 164 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބޯޓް އުފެއްދީ ސީދާ ޗައިނާގެ މީހުން ކަމަށް ވިޔަސް މި ބޯޓް އުފައްދަން ބޭރުން އެތެރެކުރި ބައެއް ތަކެތި ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިންޖީނާއި ބޯޓްގެ ކޮކްޕިކްޓްގެ އިލެކްޓްރިކް ސިސްޓަމް ހިމެނެ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގުސާދު ކަމަށްވާ ޗައިނާގެ އަމާޒަކީ އާންމު ދަތުރުތަކަށް ބޭނުން،ކުރާ މަތިންދާބޯޓް އުފެއްދުމުގެ މަސައްކަތް ފުޅާކޮށް ބޭރުގެ މަރުކާތައް ކަމަށްވާ އެއާބަސް އާއި ބޮއިން ފަދަ މަތިންދާބޯޓްތަކަށް ބަރޯސާވުން ކުރިއަށް އޮތް ތަނުގައި ނިމުމަމަށް ގެނައުމެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސީ919 މަރުކާގެ 150 ބޯޓް އުފައްފަން ކޮމެކުން އޮތީ ޕްލޭންކޮށްފަ އެވެ.

ކޮމެކުން އުފެއްދި ފުރަތަމަ ބޯޓް ދަތުރުތަކަށް ބޭނުން ކުރަން ފެށީ ޗައިނާ އީސްޓަން އެއާލައިންސްއިންނެވެ. އެ އާލައިނުން އޮތީ ސީ919 ގެ ފަސް ބޯޓަށް އޯޑަރު ވެސް ދީފަ އެވެ.

ކޮމެކުން ބުނި ގޮތުގައި މިހާރު ވެސް އެކި އެއާލައިންތަކުން ބޯޓް ގަންނަން 1،200 އޯޑަރު ލިބިފައިވެ އެވެ.