Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ލެސްޓާ އާއި ލީޑްސް ރެލިގޭޓް ވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުން ލެސްޓަ ސިޓީ އާއި ލީޑްސް ޔުނައިޓެޑް ރެލިގޭޓް ވެއްޖެ އެވެ.

ޕްރިމިއާ ލީގުގެ ފަހު މެޗުތައް މިރޭ ކުޅުނުއިރު ލެސްޓާ ވަނީ 2-1 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ލީޑްސް ވަނީ ޓޮޓެންހަމް އަތުން 4-1 އިން ބަލިވެފަ އެވެ.

ލެސްޓާ މި ސީޒަން ނިންމާލީ 38 މެޗުން ލިބުނު 34 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައި އޮވެ އެވެ. 31 ޕޮއިންޓާ އެކު ލީޑްސް އަށް 19 ވަނަ ލިބޭއިރު ލީގުގެ ފުލުގައި އޮވެ ސީޒަން ނިންމާލި ސައުތެމްޓަން އަށް ލިބިފައިވަނީ 25 ޕޮއިންޓެވެ.

2015 ވަނަ އަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ އަކީ ލީގު ޗެމްޕިއަންކަން ހޯދުމަށްފަހު ރެލިގޭޓްވި ދެވަނަ ޓީމެވެ. އަނެއް ޓީމަކީ ބްލެކްބާން ރޯވާސް އެވެ. ގިނަ އަހަރުތަކަކަށްފަހު ލީޑްސް ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ 2019 ވަނަ އަހަރު އެވެ.

ޕްރިމިއާ ލީގުން ލެސްޓާ އާއި ލީޑްސް އަދި ސައުތެމްޓަން ރެލިގޭޓްވި އިރު ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ތިން ޓީމަކީ ބާންލީ އާއި ޝެފީލްޑް ޔުނައިޓެޑް އަދި ލޫޓަން ޓައުން އެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަން ފަށާނީ އަންނަ އޮގަސްޓް 12 ގަ އެވެ.