Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

އިރުފާންގެ ފިލްމެއް އަލުން ހަދާކަށް ބޭނުމެއް ނޫން

މީގެ ތިން އަހަރު ކުރިން މަރުވެފައިވާ އިންޑިއާ އެކްޓަރު އިރުފާން ޚާންގެ އެއްވެސް ފިލްމެއްގެ ރިމޭކް ކުޅެން ބޭނުން ނުވާ ކަމަށް އޭނަގަ ދަރިފުޅު ބާބިލް ޚާން ބުނެފި އެވެ.

މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ފިލްމު "ގަލާ" އިން އެކްޓިން އަށް ނުކުތް ބަތަލަށް އޭގައި ކުޅުނު ރޯލުން އިއްޔެ ރޭ އަބޫ ދާބީގައި ބޭއްވި އައިފާ އެވޯޑްސްގެ މޮޅު އާ އެކްޓަރުގެ އެވޯޑް ވެސް ލިބިފައިވެ އެވެ. އެ އެވޯޑް ހަފުލާގެ ހަވާސާގައި ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ބައެއް ޖަވާބު ދެމުން ބާބިލް ބުނީ ބައްޕަގެ އެއްވެސް ފިލްމެއް އަލުން ހަދަން ނުޖެހޭ ކަމަށެވެ.

"ކޮންމެ ފިލްމެއްގައި ވެސް ބައްޕަ ކޮށްފައި ހުރީ ވަރަށް ހުރީ ވަރަށް ފުރިހަމަ މަސައްކަތެއް. އެހެންވެ އަހަރެން އެއިން ފިލްމެއްގެ އަލުން ކުޅުމުގެ ބޭނުމެއް ނެތް." ބާބިލް ބުންޏެވެ.

"ގަލާ" ގައި ކުޅުނު ދެއްކި އެކްޓިން އިން ގިނަ ބައެއްގެ ތައުރީފާއި ލޯބި އުންމީދީ އެކްޓަރަށް ލިބިފައިވެ އެވެ. "ބާބިލް' ގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެބް ސީރީޒް "ދަ ރެއިލްވޭމެން" އާއި އިރުފާން ކުޅުނު 2015 ގެ "ޕީކޫ" ގެ ޑައިރެކްޓަރު ޝޫޖިތު ސިރްކާ ޕްރޮޑިއުސްކުރާ "ދި އުމޭޝް ކްރޮނިކަލްސް" ހިމެނެ އެވެ.

ބާބިލްގެ ބައްޕަ އިރުފާނަކީ އިންޑިއާގެ ފިލްމުތަކުގެ އިތުރުން އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތްކޮށްފައިވާ ވަރަށް މޮޅު އެކްޓަރެކެވެ. އޭނަ މަރުވީ އެޕްރީލް 29، 2020 ގަ އެވެ.