Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހިތަދޫ އިން ސަޕްލައި ފެނުގެ ޙިދުމަތް ކެނޑިއްޖެ

ހިތަދޫގައި ހުންނަ ފެނަކަ ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓް / ފޮޓޯ: އައްޑޫލައިވް

ފެން ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ފެނަކައިން ހިތަދޫގައި ދެމުން އައި ފެނުގެ ޙިދުމަތް ކެނޑިއްޖެއެވެ.

ފެނަކަ އައްޑޫ ބްރާންޗުން މިކަމާއި ގުޅޭގޮތުން ބުނީ ފެން ކަނޑައިގެން ދިޔައީ މެއިން ޓްރާންސްފާ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ. އަދި މިހާރު ހޮޅި މަރަމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ. ހިތަދޫގައި ފެން ކަނޑައިގެން ގޮސްފައިވާއިރު، ބައެއް ސްކޫލުތަކުން ދަރިވަރުން ވަނީ އަވަހަށް ގެއަށް ވެސް ފޮނުވާލާފައެވެ.

ފެނަކައިން މައުލޫމާތު ދިން ގޮތުގައި މިވަގުތު، ފެނުގެ ޙިދުމަތް ކެނޑިފައިވަނީ ހިތަދޫއިން ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތުން މިއަދު ހަވީރާއި ހަމައަށް ފެނުގެ ޙިދުމަތް އަނބުރާ ދެވޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި އެހެން ރަށްތަކުން އެހައި ހިސާބަށް ހުސް ނުވެ ދެވޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ފެނަކައިން ބުނެއެވެ.

އައްޑޫގައި ފެނުގެ ޙިދުމަތް ދޭން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.