Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

މަދޫރީގެ ހަގު ދަރި ވެސް ގްރެޖްއޭޓްވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްގެ ހަގު ދަރިފުޅު ރައަން ނޭނޭ ހައި ސްކޫލުން ގްރެއޭޓްވެއްޖެ އެވެ.

އުމުރުން މިހާރު 18 އަހަރުގެ ރައަންގެ ގްރެޖްއޭޝަން ހަފުލާގެ ފޮޓޯތަކާއި ވީޑިއޯއެއް ވެސް މަދޫރީ އާއި ފިރިމީހާ ޑރ. ސްރީރާމް ނޭނޭގެ އިންސްޓަގްރާމްގައި ވަކިވަކިން ހިއްސާކޮށްފައި އެވެ. ރައަން މަތީ ސާނަވީ ނިންމީ އެމެރިކަން ސްކޫލް އޮފް ބޮމްބޭއިންނެވެ.

މަދޫރީގެ ދޮށީ ދަރިފުޅު އަރިން ނޭނޭ ގްރެއޭޓްވީ 2021 ގަ އެވެ. ގްރެޖްއޭޝަނަށް ފަހު އޭނަ ވަނީ ޑައިރެކްޓަރު ކަރަން ޖޯހަރް އަންނަ ޖުލައި މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ތައްޔާރުވަމުން އަންނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

އާލިއާ ބަޓާއި ރަންވީރު ސިންގް ލީޑް ރޯލު ކުޅުނު ފިލްމުގެ އެސިސްޓަންޓުންގެ ގޮތުގައި ކަރަންއާ އެކީ ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާނާއި މަލައިކާ އަރޯރާ އާއި އަރްބާޒްގެ ޚާންގެ ދަރިފުޅު އަރްހާން ހާން ވެސް މަސައްކަތްކޮށްފައިވެ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ކަރަންއާ އެކީ މަދޫރީގެ ދަރިފުޅު އަރިން މަސައްކަތް ކުރުމުގެ ކުރިން އޭނަގެ ދެ ދަރިން ކުރެ އެކަކު ވެސް ފިލްމީ މަސައްކަތެއްގައި ހިއްސާވެފައެއް ނުވެ އެވެ.