Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

އިޖުތިމާއީ އޮޑިޓާ ގުޅޭ ސެޝަންތަކެއް އައްޑޫގައި

އިޖުތިމާއީ އޮޑިޓާ ގުޅޭ ސެޝަންތަކެއް އައްޑޫގައި ބާއްވަން ނިންމައި ބައިވެރިވާން އެންޓި-ކޮޕަރްޝަން ކޮމިޝަން (އޭސީސީ) އިން ހުޅުވާލައިފި އެވެ.

މި ސެޝަންތައް ކުރިއަށް ގެންދަން ނިންމާފައ ވަނީ މި މަހުގެ 4-7 އަށެވެ. މީގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން އޭސީސީން އެދެ އެވެ. އަދި ބައިވެރިވާން ބޭނުންވާ މީހުންނަށް 7468694 އަށް ގުޅައިގެން ރަޖިސްޓްރީކުރެވޭނެ އެވެ.

ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާ އެކީ އިޖުތިމާއީ އޮޑިޓަށް އާންމުން ހޭލުންތެރި ކުރިވުމަށް ބާއްވާ ސެޝަންތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ރައްޔިޔުންގެ ފަރާތުން ކުރާ އިޖުތިމާއީ އޮޑިޓަކީ ކޮބައިކަމާއި ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކާއި ހިދުމަތްތަކާ ގޮތުން ކުރެވޭ އޮޑިޓް ފަދަ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ލިބިގެން ދާނެ އެވެ.