Last Updated: July 21, 18:02
Tuesday, July 21, 2026
ދުނިޔެ

ނައިޖީރިއާގެ އާ ރައީސް މަގާމުގެ ހުވާކޮށްފި

ނައިޖީރިއާގައި މިދިޔަ ފެބްރުއަރީ މަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ބޯލާ އަހުމަދު ޓިނޫބޫ މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.

ވަރަށް ވަރުގަދަ ސެކިއުރިޓީއަކާ ވެރިރަށް އަބޫޖާގައި އޭނަ މަގާމާ ހަވާލުވެވަޑަތުމަށް ބޭއްވި ރަސްމިއްޔާތުގައި ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ އާއި ރުވާންޑާގެ ރައީސް ޕޯލް ކަގާމޭ ބައިވެރިވަޑައިގެންނެވި އެވެ.

ޓިނޫބޫ، 71، އަކީ ނައިޖީރިއާގެ 16 ވަނަ ރައީސެވެ. އޭނަ މިއަދު ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތް އިރު، އިދިކޮޅު ފަރާތްތަކުން އިންތިހާބުގެ ނަތީޖާ ގަބޫލުކޮށްފައެއް ނުވެ އެވެ. އެހެންވެ ޓިނޫބޫގެ ވެރިކަމުގައި އިދިކޮޅުގެ ޕްރެޝަރުތަކާއި އުނދަގޫތައް ވަރަށް ބޮޑުވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ނައިޖީރީ އަކީ މިހާރު ވެސް ގިނަ މައްސަލަތަކެއްގެ ތެރޭގައި އޮތް ގައުމެކެވެ. އޭގެ ތެރޭގައި އިގުތިސާދީ މައްސަލަތަކާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި މަައްސަލަތައް ހިމެނެ އެވެ. އެހެންވެ އާ ރައީސަށް ކުރިއަށް އޮތީ ގައުމާއިގެން ކުރިއަށް ވަޑައިގަންނަވަން މާ ފަސޭހަ ދުވަސްތަކަކަށް ނުވާނެ އެވެ.