Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހިތަދު އަށް އަލުން ފެނުގެ ޙިދުމަތް ދީފި

ހިތަދޫގައި ހުންނަ ފެނަކަ ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓް / ފޮޓޯ: އައްޑޫލައިވް

މިއަދު ހެނދުނުއްސުރެ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ފެނުގެ ހިތަދޫގައި ފެނުގެ ޙިދުމަތް މެދުކެނޑިފައި އޮތުމަށް ފަހު ޙިދުމަތް އަލުން ދީފިއެވެ.

މިމަސައްކަތް މިއަދު ހަވީރު 5:30 އެހައިކަށްހާއިރު ނިންމައި ފެން ޕްލާންޓު ވަނީ ހިންގަން ފަށާފައެވެ.

އައްޑޫސިޓީ ހިތަދޫން ފެނުގެ ޙިދުމަތް ކެނޑުނީ ފެން ޓްރާންސްފާ މައި ހޮޅިއެއް ފަޅައިގެން ދިއުމުންނެވެ. މިއާއެކު ފެނަކަ އައްޑޫ ބްރާންޗުން ފެން ހިތަދޫ އަވަށުން ފެން ކަނޑާލައި ހޮޅި މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ހިތަދޫއިން ފެނުގެ ޙިދުމަތް މެދުކެނޑުމާއިއެކު ބައެއް ސްކޫލުތަކުން ކިޔެވުން ވެސް ވަނީ މެދުކަނޑާލާފައެވެ. އަދި ބައެއް ގެތަކުގައި ސަޕްލައި ފެނަކީ، ހުރިހާ ކަމަށްގައި ބޭނުން ކުރާ ފެނަށް ވުމުން މިކަމުގެ ބައެއް ފަރާތްތަކަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

އައްޑޫގައި ފެނަކައިން ފެނުގެ ޙިދުމަތް ރަސްމީކޮށް ދޭން ފެށީ 2017 ވަނަ އަހަރުއެވެ.