Last Updated: April 19, 06:56
Friday, April 19, 2024
ދުނިޔެ

ބިދޭސީ ޓީޗަރުންގެ ވިސާ ކެންސަލް ކުރަނީ

ކުވައިތުގައި މަސައްކަތްކުރާ 2،400 އަށް ވުރެ ގިނަ ބިދޭސީ ޓީޗަރުންގެ ވިސާ ކެންސަލްކުރަން ނިންމައި އެކަމުގެ ނޯޓިސް ދީފި އެވެ.

މީޑިއާތަކުން ބުނީ ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުންގެ ވިސާ ކެންސަލްކުރުމަށް ފަހު، ކުވައިތުގެ ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ ބިދޭސީ ޓީޗަރުން ތިބި މަގާމުތަކަށް ކުވައިތުގެ ޓީޗަރުން ހަމަޖައްސަން ކަމަށެވެ. ނަމަވެސް މިފަދަ ބަދަލެއް ގެންނަން ނިންމި ސީދާ ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ކުވައިތުން ބޭރުކުރަން ފެށި މަސައްކަތުގެ ދަށުން 1،900 ޓީޗަރެއްގެ ވިސާ ކެންސަލްކޮށްދޭން އިންޓީރިއާ އަށް މިނިސްޓްރީން އެޑިއުކޭޝަން މިނިސްޓްރީން މިހާރު އޮތީ އެދިފަ އެވެ. އަދި އެ ޓީޗަރުންގެ ވިސާ ކެންސަލްކުރަން ނިންމީ، ކުވައިތުގައި ހިންގަމުން އައި ހުރިހާ މުއާމަލާތެއް ނިންމަން ތިން މަސް ދުވަހުގެ މުހުލަތެއް ވެސް ދިނުމަށް ފަހު އެވެ.

ނަމަވެސް ބިދޭސީ ޓީޗަރުންނާ މެދު މިފަދަ ގޮތަކަށް އަމަލުކުރަން ނިންމުމާ ގުޅޭ ގޮތުން ސަރުކާރުން ރަސްމީކޮށް ހާމައެއްނުކުރެ އެވެ.

މެދުއިރުމަތީގެ އެންމެ ފާހަގަކޮށްލެވޭ އެއް ގައުމު ކަމަށްވާ ކުވައިތަކީ 3.4 މިލިއަން ބިދޭސީން ދިރިއުޅެމުން އަންނަ ގައުމެކެވެ. އެ ގައުމުގެ އާބާދީ އަކީ 4.6 މިލިއަނެވެ.