Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

ޝިވާންގީގެ އާ ސިލްސިލާ ކުޝާލްއާ އެކީ

މި މަހުގެ ކުރީކޮޅު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި އިންޑިއާގެ ޒުވާން ޓީީ ބަތަލާ ޝިވާންގީ ޖޯޝީގެ އާ ސިލްސިލާގެ އެކްޓަރަކީ ކުޝާލް ޓަންޑަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެލީ ޗައްކަރުން ބުނި ގޮތުގައި ކަލާސް އިން ވަރަށް އަވަހަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ މި ސިލްސިލާ އަކީ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ބާލާޖީން ހަދާ އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ. އަދި އޭގެ ނަމަކީ "ބަރުސާތޭ" ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ނަމަވެސް ބާލާޖީން އަދި މި ސިލްސިލާއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަކޮށް ނުކުރެ އެވެ.

"ބަރުސާތޭ" ވާނީ ޝިވާންގީ، 25، އާއި ކުޝާލް، 38، ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ސިލްސިލާއަށެވެ. "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި "ބަލިކާ ވަދޫ 2" ފަދަ ސިކްސިލާތައް ކުޅުނު ޝިވާންގީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މާޗް މަހުން ފެށިގެން ކަލާސް ޓީވީން ދައްކަމުން އަންނަ ބާލާޖީގެ ސުޕަނެޗްރަލް ފެންޓަސީ ސިލްސިލާ "ބޭގާބޫ" އިންނެވެ. އޭގައި ޝިވާންގީ ފެނުނީ ހާއްސަ ކެމިއޯއަކުންނެވެ.

ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 7 ގައި ވާދަކޮށްފައިވާ ކުޝާލް ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "އޭކް ހަޒާރޯ މޭ މޭރޭ ބެހެނާ ހޭ" އާއި "ބޭހަދު" ހިމެނެ އެވެ.