އެމްޓީސީސީގެ އޯޕަން ޑޭއެއް މާދަމާ އައްޑޫގައި ބާއްވަން ނިންމައިފި އެވެ.
އެ ކުންފުނީގެ "ހުނަރު" ޕްރޮގްރާމްގެ ތެރެއިން ވެލްޑަރުން ތަމްރީނުކުރަން ހިންގަން ނިންމާފައިވާ ޕްރޮގްރާމަކަށް ބޭނުންވާ މީހުން ނަގަން ބާއްވާ މި އޯޕަން ޑޭ މާދަމާ ކުރިއަށް ދާނީ ފޭދޫ ބޮޑުމަގުގގައި ކުރިން ކުދިމާ ޕްރީ ސްކޫލް ހިންގި ތަނުގައި މެންދުރު ފަހު 3:00 އިން ހަވީރު 5:00 އަށެވެ.
އެމްޓީސީސީން ބުނީ ވެލްޑާސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ނަގާ ބައިވެރިންނަށް އެޕްރެންޓިސް މުއްދަތުގެ ތެރޭގައި 5،000ރ. ގެ އެލަވަންސަކާއި އެކޮމަޑޭޝަނަށް 3،000ރ. ވެސް ލިބޭނެ ކަމަށެވެ.
މި ޕްރޮގްރާމަށް ނަގަން ހަމަޖެހިފައި ވަނީ އޯ ލެވެލް އިން ތިން މާއްދާއިން ފާސްވެފައިވާ އަދި އުމުރުން 25 އަހަރުގެ ދަށުގެ ޒުވާނުންނެވެ.
އެމްޓީސީސީ އަކީ އައްޑޫގެ ފެރީ އާއި ބަހުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.
މީގެ 42 އަހަރު ކުރިން އުފަންވި އެމްޓީސީސީ އަކީ އެކި ދާއިރާތަކުން މީހުން ބިނާކުރަން ވަރަށް ބޮޑު އިސްކަމެއް މި ފަހުން ދެމުން އަންނަ އަދި ޒުވާން ހުނަރުވެރިންނަށް ވަޒީފާގެ ފުރުސަތުތައް ވަރަށް ބޮޑަށް ފަހިކޮށްދެމުން އަންނަ ކުންފުންޏެކެވެ.