Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

އޭއައިއޭގެ ބޯޑަށް ޝަޒްރާ އައްޔަންކޮށްފި

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އޭއައިއޭ) ގެ ބޯޑަށް ޝަޒްރާ ޝާކިރު އައްޔަންކޮށް ފިއެވެ.

އެ ކުންފުނީގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ފޭދޫ މޫން ލައިޓް ޝަޒުރާ އައްޔަންކޮށް އެކަމުގެ ލިޔުން ހަވާލުކުރީ އިއްޔެ އެވެ. އޭނަ އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ޝަޒްރާ އަކީ ގަމުގައި ހިންގަމުން އަންނަ އީކްއޭޓަ ވިލެޖްގެ ރިސޯޓް މެނޭޖަރު މުހައްމަދު ވަހީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ.

ޝަޒުރާ ވަނީ މީގެ ކުރިން ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކްގެ އެޗްއާރް ރެޕްރެޒެެންޓޭޓިވްގެ މަގާމާއި އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ އެޑްމިނިސްޓްރޭޝަން މެނޭޖަރުކަން ވެސް ކުރައްވައިފައެވެ. އޭނަ އެންމެ ފަހުން މަސައްކަތް ކުރެއްވީ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގަ އެވެ.

އޭއައިއޭގެ ބޯޑަށް ޝަޒުރާ އައްޔަންކުރި އިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ގައިސް ނަސީރެވެ. އަދި ކުންފުނީގެ ޗެއާމަނަކީ އަޒާން އަހުމަދު ޒުހައިރެވެ.

އޭއައިއޭ އަކީ 2011 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުންޏަކީ 50 ޕަސެންޓް ހިއްސާވާ އަދި އިތުރު ތިން ކުންފުންޏެއްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެސްޓީއޯގެ އިތުރުން ޗަމްޕާ ހުސައިން އަފީފުގެ ކާސާ ހޯލްޑިންސް އެވެ.