Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލަތަކެއް

ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލަތެއް ހުރިކަން ފާހަގަކުރެވުމާ ގުޅިގެން އެ ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން) ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ. އެހެންވެ ބެޗު ނަމްބަރު P21311 ރާއްޖެ އެތެރެކޮށް، ވިއްކައި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ބުންޏެވެ. ބަޔާނުގައި ބުންޏެވެ.

އަދި އެ ބެޗްގެ އެއްވެސް ވެކްސިނެއް ފާމަސީއަކުން ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅައި ހިއްސާކޮށްދޭން ވެސް އެމްއެފްޑީއޭ އިން އެދިފައިވެ އެވެ.