Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

އައްޒަ މިޔަރުތަކާ އެކީ

ބަތަލާ މަރިޔަމް އައްޒަގެ އެންމެ ފަހުގެ ފިލްމު "ލޯބިވެވިއްޖެ" މިހާރު އޮލިމްޕަސް ސިނަމާގައި އޮތަސް އައްޒަ މިހާރު އޮތީ މިޔަރު ބައިގަނޑަކާ އެކީ މޫދުގަ އެވެ.

އޭނަ އިންސްޓަރާމްގައި އިއްޔެ އާންމުކޮށްފައިވާ ވީޑިއޯއެއްގައި ގިނަ އަދަދެއްގެ މިޔަރުތަކާ އެކީ މޫދުގައި އޮންނަ މަންޒަރާއި އެ އެއްޗެހީގެ ތެރޭގައި ފަތާ މަންޒަރު ވެސް ފެނެ އެވެ. މި ވީޑިއޯގެ ކެޕްޝަނަކަށް ޖަހާފައި އިނީ "ޝާކް ޑޭ ވެރީ ވެލް ސްޕެންޓް" އެވެ. އައްޒަގެ މި ވީޑިއޯ ވަރަށް ގިނަ ބަޔަކު ލައިކްކޮށް، ކޮމެންޓް ވެސް ކޮށްފައިވެ އެވެ.

ޔާރާ އާއިލާ އަށް ނިސްބަތްވާ އައްޒަ އަކީ އިންސްޓަގްރާމްގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ ސެލެބްރިޓީއެކެވެ. "ހައްދު" އާއި "4426" އާއި "ބޮސް" އާއި "މީ ލޯތްބަކީ" އާއި "ދައުވަތު" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާގެ ފޮލޯވަރުންގެ އަދަދު 108،000 އަށް އަރަ އެވެ.

ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) އާ ކައިވެނިކޮށްގެން އުޅޭ އައްޒަ އަކީ ބައިސްކޯފުން މިހާރު ގެނެސްދެމުން އަންނަ ސީރީޒް "ޔާރާ" ގެ މައިގަނޑު އެއް ބަތަލާ އެވެ.