Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ލަންދޫ ކައުންސިލްގެ ޕިކަޕް އަނދައިފި

ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ހާއްސަކޮށްގެން ނ. ލަންދޫ ކައުންސިލުން ގަތް ޕިކަޕް ބޭނުން ކުރަން ނުފަށަނީސް އަނދައި ބޮޑެތޮ ގެއްލުންތަކެއްވެއްޖެ އެވެ.

ކައުންސިލުން ބުނި ގޮތުގައި މަގުމަތީގައި ޕާކްކޮށްފައި އޮތްވައި އެ އަނދައިގެން ދޮޔަކަން އެނގުނީ ފަތިހު އެވެ. އެކަމަކު ޕިކަޕްގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމެއް ނުވަތަ އެހެން ގޮތަކުން ރޯވީކަން ކަށަވަރު ނުވާ ކަމަށް ލަންދޫ ކައުންސިލުން ބުންޏެވެ.

އެ މައްސަލަ ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.