Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ލޭބާ ރިލޭޝަން އޮތޯރިޓީގެ ޑެސްކެއް އައްޑު އަށް

ލޭބަރ ރިލޭޝަން އޮތޯރިޓީ ޑެސްކެއް ސިޓީ ކައުްނސިލުގައި ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

ދިވެހި ރާއްޖޭގެ ވަޒީފާއާއި ބެހޭ މައްސަލަ ބަލާ، ލޭބަރ ރިލޭޝަން އޮތޯރިޓީގެ ޑެސްކެއް އައްޑޫސިޓީގައި ޤާއިމް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމީއްޔާތެއްގައި މމިއެއްބަސްވުމުގައި އައްޑޫސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު އެވެ. ލޭބަރ ރިލޭޝަން އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެއޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު މިޒްހަތު ނަޢީމް އެވެ.

އެއްބަސްވުމުގެ ދަށުން އައްޑޫސިޓީ ކައުންސިލް އިދާރާގައި، ލޭބަރ ރިލޭޝަން އޮތޯރިޓީގެ ޑެސްކެއް ޤާއިމްކޮށް އެ އޮތޯރިޓީގެ މުވައްޒަފުން އެ ޑެސްކުގައި މަސައްކަތް ކުރާނެއެވެ. މިއާއެކު އެ އޮތޯރިޓީ ޑެސްކަށް މައްސަލަ ހުށަހެޅި އެ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް ޤާއިމް ކުރުމަށް މި އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ކައުންސިލް އިދާރާގައި ތިބެގެން އައްޑޫސިޓީގެ ހުރިހާ އަވަށަކުންވެސް ހުށަހެޅޭ މައްސަލަތައް ބަލަން ވަނީ ހަމަޖެހިފައެވެ.

އައްޑޫގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ބެހެއްޓި އިރު، މިހާރު ރ. އަތޮޅާއި، ބ. އަތޮޅާއި، ށ. އަތޮޅު، އަދި ނ. އަތޮޅު އަދި ހއ. އަތޮޅުގައި ޑެސްކު ޤާއިމްކޮށް މަސައްކަތްކުރަންވަނީ ފަށާފައެވެ. އެންމެ ފަހުން ޑެސްކެއް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހއ. އަތޮޅުގައެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި އެޙައްޤުތައް ޙިމާޔަތް ކޮށްދިނުމުގެ ޤާނޫނީ ޒިންމާ ހަވާލުކުރެވިފައިވާ އިދާރާއެވެ.