Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އުކުޅަސް ބަނދަރު މަސައްކަތް ނިމުމާ ގާތަށް

އއ. އުކުޅަސް ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމުމާ ގާތަށް ގޮސްފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ އއ. އުކުޅަސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމާއި ހާބަރ ޕޭވްމެންޓް ހެދުމުގެ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި، ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު 97 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 4,954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 5 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 484 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 264 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، ކަނެކްޓިވިޓީ ބްރިޖެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، 1,640 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

އއ. އުކުޅަސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 40.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.