Last Updated: July 7, 16:14
Monday, July 7, 2025
ޚަބަރު

ކޭބަލަކަށް ގެއްލުންވެ ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

ފޮޓޯ: ސްޓެލްކޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭ ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.

ކަރަންޓު ކެނޑުނުތާ ގަޑިއެއްހާއިރު ފަހުން ސްޓެލްކޯއިން ބުނެފައިވަނީ ކޭބަލަށް ލިބުނު ގެއްލުމާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށެވެ.

މީގެއިތުރުން ގެއްލުން ވެފައިވާ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެކޭބަލާއި ގުޅިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް 2 ގަޑި އިރެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.