ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި މިހާރުގެ މެންބަރުންނާއި އެ ބޭފުޅުންގެ ބަލަދުއަރާ އާއިލީ މީހުންނަށް ހެލްތި ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަލުން ބީލަމަށް ލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ބަޔަކު ހޯދަން މި މަހުގެ ކުރީކޮޅު ކުރި އިއުލާން ބާތިލުކޮށް އަލުން ހުޅުވައިލީ ކަމަށެވެ. ބީލަން ހުޑަށަޅަން މިހާރު ޖެހެނީ އަންނަ މަހުގެ 12 ގެ ކުރިންނެވެ. މި ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަދި މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންް (އެންސީބީ) އުސޫލުންނެވެ. މިކަމާ ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 6 ގެ މެންދުރު ފަހު 1:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ އެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި ބައި 95،500ރ. ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
މަޖިލީހުގެ މެމްބަރުންނަށް މިހާރުވެސް މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ލިބޭއިރު، ދައުލަތުން ބޮޑު ހަރަދެއް މަޖިލީހުގެ މެމްބަރުންނަށް ކުރާތީ އާންމުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެ އެވެ.