Last Updated: May 19, 06:08
Sunday, May 19, 2024
ޚަބަރު

އަވައްޓެރި ފުލުހުންގެ ހިދުމަތް މުލަކު އަތޮޅަށް

އަވައްޓެރި ފުލުހުންގެ ޚިދުމަތް މުލަކަތޮޅުގައި ރަސްމީކޮށް ފަށައިފި އެވެ.

އިއްޔެ ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެގައި، މުލަކަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ފައްޓަވައި ދެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފެވެ.

އަވައްޓެރި ފުލުހުންގެ ޚިދުމަތް ފައްޓަވައިދެއްވުމަ ށްފަހު، ފުލުހުންގެ ފަރާތުން މ. އަތޮޅުގެ ރައްޔިތުންނަށް އެރުވި ހަނދާނީ ފިލާ، އެ އަތޮޅުގެ ކައުންސިލާ ހަވާލުކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދެވެ.

އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ މޮޑެލް އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލޭ އޭރިއާގައި އަދި 2019 ވަނަ އަހަރު އައްޑު އާއި ފުވައްމުލަކުގައި ޕައިލެޓް ކުރުމަށްފަހު، މާޗު 29، 2019 ގައި އިފްތިތާހުކުރި ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ޕްރައިއޯރިޓީ އެއްގައި ހިމެނޭ ޕްރޮޖެކްޓެއްގައި ހިމަނާފައިވާ ސީދާ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ މޮޑެލްއެކެވެ.

މި ޚިދުމަތް މުޅި ރާއްޖެ އަށް ތައާރަފުކުރުމުގެ މަސައްކަތް ފަށާފައިވަނީ އޮކްޓޯބަރު 1، 2020 ގަ ދުވަހުއެވެ. އެގޮތުން އަވައްޓެރ ފުލުހުންގެ ޚިދުމަތް ރަސްމީކޮށް މިހާރު ފަށާފައި ވަނީ ކުޅުދުއްފުށި ސިޓީ، ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު، މ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، ފުވައްމުލައް އަދި އައްޑޫގަ އެވެ.