Last Updated: April 23, 11:36
Tuesday, April 23, 2024
ޚަބަރު

އާބާދީގެ 25 ޕަސެންޓް ދުންފަތުގެ އިސްތިއުމާލުގައި

ރާއްޖޭގެ އާބާދީގެ 25 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅިގެން އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 25.7 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. އެއީ ކޮންމެ ހަތަރު މީހަކުން އެކަކެވެ.

ރާއްޖޭގެ އާބާދީގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ 35.6 ޕަސަންޓަކީ ފިރިހެނުން ކަމަށްވާއިރު 7.6 ޕަސަންޓް މީހުންނަކީ އަންހެނުންނެވެ. ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގެ ބާވަތްތައް ބޭނުންކުރާ ކަމަށްވެސް ހިސާބުތަކުން ދައްކަ އެވެ. އެއީ 48 ޕަސެންޓް ފިރިހެން ކުދިންނާއި 43.2 ޕަސެންޓް އަންހެން ކުދިންނެވެ.

މީގެއިތުރުން އީ-ސިނގެރޭޓް ނުވަތަ ވޭޕް، 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންގެ ތެރެއިން 17.1 ޕަސަންޓް ބޭނުންކުރަން ފަށާފައިވާ ކަންވެސް ތަފާސްހިސާބުތަކުން ހާމަވެ އެވެ. އަދި ޝީޝާ ނުވަތަ ގުޑުގުޑާ ބޭނުންކުރާ ކަމަށް ބުނީ 3.1 ޕަސެންޓް ކުދިންނެވެ.

މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 393,652,853ރ. ގެ ދުންފަތުގެ އެކި ބާވަތްތައް ރާއްޖެއަށް އެތެރެކުރި ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.