ފެބްރުއަރީ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި އިންޑިއާގެ މަގުބޫލު ސީރީޒް "ދަ ނައިޓް މެނޭޖާ" ގެ ދެވަނަ ސީޒަން އަންނަ މަހު ގެނެސްދން ނިންމައިފި އެވެ.
ދެވަނަ ސީޒަން ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ޖޫން 30 ގަ އެވެ.
ފެބްރުއަރީ މަހުގެ 16 ގައި ހަތަރު އެޕިސޯޑާ އެކީ ގެނެސްދިން "ދަ ނައިޓް މެނޭޖާ" ގެ މައިގަނޑު ކާސްޓުންނަކީ އަދިތިޔާ ރޯއި ކަޕޫރާއި އަނިލް ކަޕޫރާއި ސޮބީތާ ދުލިޕާލާ އެވެ. މި ސީރީޒް ޑައިރެކްޓްކުރީ ސަންދީޕް މޯދީ އާއި ޕްރިޔަންކާ ގޯސް އެވެ. "ދަ ނައިޓް މެނޭ" އަކީ ހަމަ އެ ނަމުގައި ގެނެސްދިން އިނގިރޭސި ސީރީޒްގެ ރިމޭކެކެވެ.
ބީބީސީން ވަން އިން 2016 ގައި ގެނެސްދިން ހަ އެޕިސޯޑްގެ އެ ސީރީޒަކީ ޑޭވިޑް ފާގެ ސްކްރީންޕްލޭއަކަށް ސޫޒަން ބިއާ ޑައިރެކްޓްކުރި އެއްޗެކެވެ. މީގެ ކާސްޓުން ހިޓެލްސްޓަނާ އެކީ އޮލީވިއާ ކޮލްމަން، ހިއު ލޯރީ، ޓޮމް ހޮލޭންޑާ އަދި އެލިޒަބަތު ޑެބީކީ ފަދަ ތަރިން ފެނިފައިވެ އެވެ.