Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

މަހުޖަނު އީލޮން ޗައިނާގައި

މަހުޖަނު އީލޮން މަސްކް ޗައިނާ އަށް ވަޑައިގެންފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެސްލާ އާއި ސްޕޭސް އެކްސް އަދި ޓްވިޓާ ފަދަ ކުންފުނިތަކުގެ ވެރިޔާ ޗައިނާ އަށް އަމިއްލަ ޖެޓެއްގައި ވަޑައިގެންނެވީ އިއްޔެ އެވެ. އަދި އެ ގައުމުގެ ފޮރިން މިނިސްޓަރާ ވެސް އިއްޔެ ބައްދަލުކުރެއްވި އެވެ. މިއަދުގެ ވަގުތެއްގައި އީލޮން ޗައިނާގެ އިންޑަސްޓްރީ މިނިސްޓަރު ޖިން ޒުއަންގްލޮގްއާ ބައްދަލުކުރައްވައި އިލެކްޓްރިކް ވެހިކަލް (އީވީ) ގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރައްވާފައިވެ އެވެ.

ޓެސްލާ އަކީ ޗައިނާގައި އެ ކުންފުނީގެ ކާރު އުފައްދާ ބިޔަ ޕްލާންޓެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. އީލޮންގެ ޗައިނާގެ ދަތުރުގައި އެތަނަށް ވެސް ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ނަމަވެސް ތިން އަހަރެއްހާ ދުވަސް ފަހުން ޗައިނާ އަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން އީލޮން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި ނޫސްވެރިން މިއަދު ދަތުރާ ބެހޭ ގޮތުން ސުވާލު ކުރުމުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ވެސް ދެކޮޅު ހައްދަވާފައިވެ އެވެ.

އެމެރިކާ އަށް ނިސްބަތްވާ މަހުޖަނު ޗައިނާ އަށް ވަޑައިގެންނެވި އިރު، އެ ގައުމަކީ ޗައިނާއާގެ ވަރަށް ބޮޑު ހަތުރުވެރިއެކެވެ. އީލޮންގެ މިލްކިއްޔާތު 180 ބިލިއަން ޑޮލަރަށް އަރަ އެވެ.