Last Updated: May 3, 08:54
Saturday, May 3, 2025
ޚަބަރު

ބީއެމްއެލް އިން ޗެޓްޖީޕީޓީ ބްލޮކްކޮށްފި

އޯޕެން އޭއައިގެ ޗެޓް ޖީޕީޓީ

ކަސްޓަމަރުން އަތުން ގިނަ ލާރި ގެއްލެމުންދިއުމާއި ގުޅިގެން ޗެޓް ޖީޕީޓީ ބީއެމްއެލްއިން ބްލޮކް ކޮށްލައިފިއެވެ.

ބީއެމްއެމްލްއިން ޗެޓް ޖީޕީޓީ ބްލޮކް ކުރުމަށް ފަހު ބުނެފައިވާނީ، މިފަހަކަށް އައިސް މަކަރާއި ހީލަތުން ޗެޓް ޖީޕީޓީ މާޗެންޓް މެދުވެރިކޮށް ކަސްޓަމަރުން އަތުން ގިނަ އަދަދެއްގެ ފައިސާ ގެއްލެމުންދާ ކަަމަށެވެ. އެހެން ކަމުން ކަސްޓަމަރުންގެ ރައްކަލަކަށް ޗެޓް ޖީޕީޓީ ބްލޮކް ކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މާޗެންޓެއްގެ އަތުން މައުލޫމާތު ލީކް ވާ ހާލަތެއްގައި، އެތަށް މިލިއަން ބަޔަކަށް އެކަމުގެ އަސަރުކުރާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިފަހަކަށް އައިސް ޗެޓް ޖީޕީޓީ ނަމުގައި އޮންލައިން ޓްރާންސެކްޝަންތަކުން ބީއެމްއެލް ކަސްޓަމަރުން އަތުން ފައިސާ ކަނޑަމުންދާ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

އާންމު އުސޫލުން މާޗެއްޓެއް ކޮމްޕްރޮމައިޒްވާ ހާލަތެއްގައި ޑިސްޕިއުޓް ކުރުމަށް ބީއެމްއެލްއިން އެދެއެވެ. އަދި އެފަދަ ހާލަތެއްގައި ކަސްޓަމަރަށް ގެއްލުން ނުވެ ފައިސާ އަނބުރާ ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ޗެޓް ޖީޕީޓީ އަކީ ދުނިޔޭގެ އެތަށް ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޗެޓް ބޮޓް ލެންގުއޭޖް މޮޑެލް އޭއައި އެކެވެ. މި އޭއައި ޒަރީއްޔާއިން ގިނަ ބޭނުންވާ ސުވާލަކަށް ޖަވާބު ހޯދައި، ގިނަ ކަންކަން ތަރުތީބުކޮށް މަސައްކަތް ލުއިފަސޭހަކޮށްދެއެވެ.